ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުން ވަރުގަދަ ކުރުމަށް އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއިން ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ ކެންޑިޑޭޓުންނާއި ސަރުކާރާއި ދެކޮޅު ޕާޓީތަކަށް ދަޢުވަތު އަރުވައިފިއެވެ.

Ads by Asuru

ޕީޕީއެމް އިން އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރަށް ޕްރެޝަރު ކުރުމަށް ދަޢުވަތު ދީފައި ވަނީ އެމްޑީޕީގެ 12 މެމްބަރުން އެމްޑީޕީން އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރަޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ އަރިސް މެމްބަރުންތަކެއް އިސްވެ ”ދަ ޑިމޮކްރަޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާއިރު ދާދި ފަހުން އެ މެމްބަރުންނާއި އެކު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން އެކުގައި ވަނީ ތަފާތު މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން އައްޑޫގެ ދެކުނުން ކަނޑުގެ ބައެއް މޮރިޝަސްއަށް ވިއްކާލި ކަމަށް ބުނާ މައްސަލައިގައި ޕީޕީއެމް އާއި އެމްޑީޕީން ވަކިވި މެމްބަރުން އެކުގައިވަނީ ބައްދަލުވުން ބާއްވާފައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވައި ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް މަޖިލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތުގައި ވެސް ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ބައިވެރިވެއެވެ.