ބޭނުންވާ ތަކެތި

2 ބޯންލެސް ޗިކެން ބްރެސްޓް

Ads by Asuru

2 ޖޯޑު ސޮސެޖް (ކޮށާފައި)

1 ޖޯޑު ޕާސްޓާ (ބޯ ޓާއި)

1 ފިޔާ ކިއުބްކޮށް ކޮށާފައި

2 އެވަކާޑޯ ތޮޑި މަށާ، ކިއުބްކޮށް ކޮށާފައި

1 ޖޯޑު ޗެރީ ޓޮމާޓޯ ފަޅިކޮށްފައި

1 ޖޯޑު ސެލެޑް ޑްރެސިންގ ލޮނު އަސޭމިރުސް

ތައްޔާރު ކުރާނެގޮތް

ލޮނާއި އަސޭމިރުސް އުނގުޅުމަށްފަހު ކުކުޅު ކޮޅު މެރިނޭޓްކުރަން ބާއްވާލާށެވެ.

15 -30 މިނެޓް ބާއްވާލުމަށްފަހު އުނދުން މަތިން ފިހެލާށެވެ. ނޫނީ ގްރިލް ކޮށްލާށެވެ.

ދެން ކާލަން ފަސޭހަ ވަރަށް ކުކުޅުތައް ކޮށާލާށެވެ. ލޮނުކޮޅެއްލައިގެން ޕާސްޓާކޮޅު ފެނުކައްކާލާށެވެ. ދެން ޕާސްޓާ އާއި ފިޔާ، އެވަކާޑޯ، އަދި ޓޮމާޓޯ އާއި ކުކުޅު އެއްކޮށްލާށެވެ. ސެލެޑް ޑްރެސިންގ އެއްކޮށްލުމަށްފަހު ފްރިޖްގައި ބަހައްޓާލާށެވެ.

ކުޑަކޮށް ފިނިވުުމުން ސާރވްކޮށްލާށެވެ. ބޭނުންނަމަ ސާރވް ކުރަން ވީމާ ސެލެޑް ޑްރެސިންގ އެއްކޮށްލެވިދާނެއެވެ.