ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ”ދޮރުން ދޮރަށް“ ހަރަކާތް، މިއަދު ރަސްމީކޮށް ފަށަން ނިންމައިފިއެވެ.
ޕޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް އޮންނާނެ ކަަމަށާއި، މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:45 ގައި ކަމަށެވެ.
ރައީސް ޔާމީންގެ ކެމްޕެއިނުގައި، މިއަދު ދޮރުން ދޮރަށް ހިނގަން ފަށާއިރު، އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
