ޕީޕީއެމާއީ ޕީއެންސީގެ ސަޕޯޓަރުން ހިތަށް ތަދުވާ ވަރުގެ ކަމެއް އެ ޕާޓީތަކުން ނުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
”ސަޕޯޓަރުންގެ ހިތަށް ތަދުވާވަރުގެ ކަމެއް ނުކުރާނެ. ޕާޓީގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ،“ އޭނަ ވިދާޅުވި އެވެ. ”ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން. އުންމީދާއި ސާބިތުކަމާއި އިތުބާރާ އެކީ ތިއްބަވާ.“
އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އަމާޒު ވެސް ވަރަށް ސާފު ކަމަށާއި ފޯކަސް ހުރީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީީސް ޔާމީން މިނިވަންކޮށް، އިންތިހާބުގައި ވާދަކުރަން ކަމަށެވެ.
”އިންތިހާބު ކާމިޔާބުކޮށް ދިވެހިންގެ ވެރިކަމެއް ކުރާނެ.“ އޭނަ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބާއްވަން މިހާރު ދޮޅު މަހެއްހާ ދުވަހަށް ގާތްވީއިރު، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
