ތ.ތިމަރަފުށީގައި ޑެންގީ ހުން ވަރަށް ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ.
މި ބަލި ފެތުރެމުން އަންނަތާ ތިން މަސް ވެފައިވާއިރު، ރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އެ ރަށު ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ނަރުހަކު ބުނީ، ރަށުން ބައްޔަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށާއި، އުމުރުން އެއް އަހަރު ނުވާ ތުއްތު ކުދިންނަށް ވެސް ބަލި ޖެހެމުންދާ ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި، އެންމެ ބޮޑު ކަންބޮޑުވުމަކީ ހެލްތު ސެންޓަރުގައި އިންސާނީ ވަސީލަތްތައް މަދުވުމެވެ. ތިމަރަފުށީ ހެލްތު ސެންޓަރުގައި ހިދުމަތް ދޭން ތިބި 7 ނަރުހުންގެ ތެރެއިން ގިނަ ނަރުހުން ބައްޔެވެ.
”ފަސް ބިދޭސީ ނަރުހުންނަށް ޑެންގީ ހުން ޖެހިފަ، ރިކަވަރިން ސްޓޭޖްގަ މިހާރު ދެ ނަރުހުން. އެކަކު ކްރިޓިކަލް ވެގެން، ބޭރަށް ވެސް ފޮނުވާލާ ހިސާބަށް ދިޔަ.“ ނަރުސް ކިޔައިދިނެވެ.
މި ހާލަތުގައި ތ.ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ނަރުހުން ފޮނުވައި ދިނުމަކީ، ތިމަރަފުށީ ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ނަރުހުންނަށް ބަލި މީހުން ހިދުމަތް ދިނުމުގައި ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ވޭމަންޑޫގައި ހުންނަ ހޮސްޕިޓަލުގައި 30 ނަރުހުން މަސައްކަތް ކުރެއެވެ.
މި ނޫހަށް މައުލޫމާތު ދިން ނަރުސް ބުނީ، މިކަން ހައްލު ކުރުން ހެލްތު ސެންޓަރުގެ މެނޭޖްމަންޓުންވެސް މަސައްކަތް ނުކުރާ ކަމަށާއި، ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައިސްފައިވާހެން ހީނުވާ ކަމަށެވެ.
”އަސުރު“އިން މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާ ސުވާލު ކުރުމުން، އަދި ޖަވާބު ދީފައެއް ނުވެއެވެ.

ތިމަރަފުށި ހެލްތު ސެންޓަރުން ނުކުރާނެ އެއްވެސްކަމެއް. އިތުރުގަޑީގެ ލާރިނަގަނަގާ ތިބޭނީ
އަތޮޅ ހޮސްްޕިޓަލުގެެ ނަރުހުންނަށ ކިޔެއްތ ތިމަރަފުށ މަދިރ އުޅެންޏ. އެމްޕ ކަރ ބުނެގެނ މަދިރ ހުސްކުރނ އުޅެގަ
ޓިމަރަބުރިއަކީ ބޮޑުގޮނޑެއް. ޙަޑިމުޑުދާރު ރަށެއް.
ޓިމަރަބުރީ މީހުން ނަކީ ނިކަން ފޮނިބައެއް. ޙިތުން ވަރަށް މޮޅުބައެއް. ޢެކަމަކު ހަބޭހަށް ސުމެއްގެ ބައެއް.
ޢަތުންފައިން ކަމެއްކުރާކަށް ނުކެރޭނެ. ޢެހެން ރަށްރަށް ދަށްކޮށްފަ މުޅިންވެސް އުޅޭނީ.