ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު އިދިކޮޅު ކޯލިޝަން ހިނގެވުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް ތަކުރާރު ކުރައްވައިފިއެވެ.
އަބްދުއްރަހީމް މިހެން ވިދާވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންވެސް އަދި ރައީސް ނަޝީދު ވެސް ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުންނެވެ.
ރައީސް ނަޝިދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސަގައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެސް އަދި އެމަނިކުފާނު ވެސް ވާދަނުކުރެއްވުން ކަމަށެވެ.
ަރައީސް ނަޝީދުގެ އެވާހަކަތަކާ ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން ކަމަށެވެ.
އަދި އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދު ގަބޫލުނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
