ރެއިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދެނީ ނާރުގެ ސީރިއަސް ބައްޔަކަށް ކަމަށް އޭނާގެ ޕާޓީ އެމްޓީޑީން ބުނެފިއެވެ.

މޯލްޑިވްސް ތާޑްވޭ-ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އަދީބު ނާރުގެ ބައްޔަކަށް ޑައިގްނޯޒްވިކަން އެނގުނީ ގެންދެވި ތިން އަހަރުގެ ޖަލު ބަންދަކަށް ފަހު ގޭބަންދަށް ބަދަލުކުރި ފަހުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ރޭ އިރާކޮޅު އަދީބު އައިޖީއެމްއެޗަށް ގެންދިޔައީ ހޭނެތިގެންނެވެ. އަދި އޭނަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެމްޑީޓީން ބުންޏެވެ.

އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ.

އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.