އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އައިސްފައި ވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕް ކަމަށެވެ.
މިއަދު ރާއްޖެ އަންނަ ހައްޖުވެރިންގެ ދެވަނަ ގްރޫޕް ކަމަށްވާ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕް މިހާރު ވަނީ ފުރަން އެއާޕޯޓަށް ގޮސްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ދިވެހި ހައްޖުވެރިންގެ ބާކީ ތިބި ގްރޫޕްތައް ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް އައުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުއެވެ.
