ރާއްޖެ އާއި އަޒަރުބައިޖާނާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއް އެކުލަވައިލައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި އިއްޔެ ބޭއްވި ހަފުލާއެއްގައެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
އަޒަރުބައިޖާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެލްނޫރު މަމަޑޯވްއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގެ މަގުސަދަކީދެ ގައުމުގެ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ބަދަހިކޮށް، އިތުރަށް ފުޅާކުރުން ކަމަށެވެ.
އަދި ރާއްޖެ އާއި އަޒަރުބައިޖާންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ މަރުޙަލާއެއްގައި ވެސް އެއްބާރުލުންދީ ގަވާއިދުން މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.
