ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަށާއި ޒުވާނުން ބަހަށް ޝައުގުވެރި ކުރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހި ލިޔުންތެރިކަމުގެ ދުވަހާ ގުޅިގެން މިއަދު ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޖުލައި މަހުގެ އަށް ވަނަ ދުވަސް، ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ރާއްޖޭގައި ނެރެވުނު ފުރަތަމަ މަޖައްލާ ކަމަށްވާ ”އަލް އިސްލާހު“ ނެރުނު ތާރީޚު ކަމުގައި ވާތީއެވެ.
