ނުކިޔާވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރަނީ ނުހައްގު މަންފާ ލިބޭ މީހުން އެކަނި ކަމަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކިޔާވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރާ ދިގު ދޫތަކުގެ ވެރިންނަކީ ނުހައްގު ގޯތިތަކާއި މަންފާ ލިބޭ ސިޔާސީ އަދި ދީނީ މީހުން އެކަނި ކަމަށެވެ.

އެއީ ދީން ކިރައިގެން ތިބި 100 ޕަސެންޓް މުސްލިމު ގައުމުގެ ހައިސިއްޔަތު ގެއްލުވައިލުމުގެ ބައިވެރިން ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އިލްމުވެރިންނާއި، ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައީީސް ސޯލިހަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވައެވެ.

ޖަމީލު ވަނީ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީީސް ސޯލިހު ފަސޭހައިން ބަލިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.