މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބަހައްޓަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީީސް، އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވީ، މާލެ ސިޓީ ރައްޔިތުންނަށް 61 ވޯޓު ފޮށި، މާލޭ ސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ވޯޓު ފޮށި، ހުޅުމާލެ ފޭސް 1 މާލެސިޓީ ރައްޔިތުންނަށް 6 ވޯޓު ފޮށި، ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓު ފޮށި، ހުޅުމާލެ ފޭސް 2 މާލެސިޓީ ރައްޔިތުންނަށް 1 ވޯޓު ފޮށި، ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓު ފޮށި، ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް 6 ފޮށި، ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް 4، އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ވޯޓު ފޮށި، ތިލަފުށީގައި 1 ފޮށި، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދެއްލީގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯ ގައި 4 ފޮށި، އިނގިރޭސި ވިލާތުގެ ލަންޑަން ގައި 1 ފޮށި، ތައިލެންޑް ބެންކޮކް ގައި 1 ފޮށި، އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮށި، ޖަޕާން ޓޯކިޔޯ ގައި 1 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
ހަބީބު ވަނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.
މިއާއިއެކު ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިޢުލާން ކުރައްވާނެ ކަމަށްވެސް ހަބީބު ވަނީ ފާހަގަކުރައްވައިފައެވެ.
