އައު ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ގެ ޖަގަހަ ”ހައުސް އޮފް ޑިމޮކްރެޓްސް“ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ޕާޓީގެ ހަރުގެ ހުޅުވައިފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މައި ހަރުގެ ކުރިން ހިންގި އިމާރާތުގައެވެ.

މި ހަރުގެ ހުޅުވައިދެއްވައިފައިވަނީ، ”ޑިމޮކްރެޓްސް“ގެ ބާނީ ރައީީސް މުޙައްމަދު ނަޝީދެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ”ދަ ޑިމޮކްރެޓްސް“ ޕާޓީގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ކަންކަން ދަންނަ އެތައް ބަޔަކާއި ރާއްޖޭގެ ހުރިހައި ރައްޔިތުން ޝާމިލުވާ ޝަކުވާތަކާއި ފިކުރުތަކާއި ޚިޔާލުތަކާއި އެ މީހުންގެ ވިސްނުންތައް ހިމެނޭ ގޮތަށް ކަމަށެވެ.