އަންނަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާނެއެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ގުޅިވަޑައިގެން އުފައްދަވައިފައިވާ އާ ސިޔާސީ ޕާޓީއެކެވެ.
ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރުން އޮތީ ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ، 8:30ގައި ބާއްވާ ހާއްސަ ޖަލްސާ އެއްގައެވެ.
ޑިމޮކްރެޓްސްގެ ދެ ހަރަކާތަކުން ރައީސް ނަޝީދު ފެނިފައި ވީނަމަވެސް އެމަނިކުފާނު އަދި އެ ޕާޓީއަށް ސޮއި ކުރައްވައިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ޑިމޮކްރެޓްސްގެ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއ، އެ ޖަލްސާގައި ރައީސް ނަޝީދު ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ އިތުރަށް، ޕާޓީއާއި އެހެން ބައެއް މެމްބަރުންތައް ވެސް އަލަށް ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ވަރިހަމަ މަނިކުފާނު ދުވާލުދާހަަރުދަމު ސޮއި ކޮއްކޮއް އިނަސް މަމެން މިބަލަނީ މަނިކުފާއިންނަވާނީ ބޮޑު މުސާރަ ނަންގަވައިގެން ގޭގަކަމައް