ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އައިމިނަތު ޢައްބާސް ނިޔާވެއްޖެއެވެ.

އެކަމަނާގެ އުމުރުން 69 އަހަރުގައި ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން، މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.

އައިމިނަތު އައްބާސް އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ”ޑޭޒީމާ“ ގެ ނަމުން މަޝްހޫރުވެވަޑައިގަތް އާމިނަތު ފާއިޒާގެ ދަރިކަނބަލެކެވެ.

އެކަމަނާ 2002 ގައި ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބވަޑައިގެންފައިވެއެވެ.

ސަރުކާރަށް ވެސް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އައިމިނަތު އައްބާސް ސަރުކާރާ ގުޅިވަޑައިގެންނެވީ 1975 ގައެވެ.