ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވައިފިއެވެ.

ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރައްވައިފައި ވަނީ، އެކަމަށް ޚާއްސަކޮށްގެން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސް ނަޝީދާއެކު އިތުރު މީހުން ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. ސޮއި ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އިސް އެކްޓިވިސް، ޝަމްއޫން ޖަލީލު ލޫކަސް ޖަލީލު ވެސް ހިމެނެއެވެ.