މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދަވަހުގެ މުނާސަބަތުގައި، ހދ.ކުޅުދުއްފުށި ސިޓީގައި ހަވާ އަރުވަން ނިންމައިފިއެވެ.
ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ބޮޑު އީދުގައި ހަވާ އަރުވާނެ ކަމަށް ބުނެ، ”ހަ ވާ“ އެރުވިޔަސް، މި ފަހަރު ހަމަ އަސްލު ހަވާ އަރުވާނެ ކަމަށެވެ.
އާތިފް ވިދާޅުވީ ޖުލައި 26 ގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީން ބަޖެޓެއް ދިނުމުން ކައުންސިލުން ޝޯއަކާ އެކު ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.
ކުރިން ”ހަ ވާ“ އެރުވި ގޮތުން އަމާޒުވި ފާޑުކިޔުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އޭރު ވެސް ހަވާ ލިޔެފައި ނޯންނާނެ ކަމަށާއި ލިޔުނީ ”ހަ ވާ“ އަރުވާ ވާހަކަ ކަމަށެވެ.
ކުޅުދުއްފުށީގައި މިނިވަން ދުވަސް ފާހަގަކުރާއިރު ހޯމް މިނިސްޓްރީން އަންނަނީ މާލޭގައި ވެސް ކުޅިވަރު ހަރަކާތްތައް ބާއްވަން ތައްޔާރުވަމުންނެވެ.
