އޭސީއެއް ހަރުކުރަން ނުވަތަ ސާވިސް ކުރަން ބޭނުން ހެއްޔެވެ؟
އަވަސް ހިދުމަތެއް ހޯދަން އެދޭނަމަ، އަވަހަށް ގުޅައިލަންވީ ވެންޗަރ ހޯލްޑިންސް އެމްވީ އަށެވެ. އޭސީ ހަރު ކޮށްދިނުމުން ފެށިގެން، ސަރވިސް ކުރުމާއި މަރާމާތު ކުރުމާއި، ރީލޮކޭޓު ކޮށްދިނުމަށް ވެސް ވެންޗަރ ހޯލްޑިންސްގެ ހިދުމަތް ހޯދޭނެއެވެ.
އިތުބާރާއި ޔަގީންކަމާއެކު ވެންޗަރ ހޯލްޑިންސްގެ މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އަންނަނީ ދެމުންނެވެ.

ވެންޗަރހޯލްޑިންސްއިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ލަހެއް ނެތި، ހިދުމަތް ދެވޭތޯއެވެ.
އެގޮތުން، ދުވަހުން ދުވަހަށް މަސައްކަތް ނިންމައިދޭއިރު، ހެނދުނު 9:00އިން 6:00އަށް އެ ކުންފުނިން އޭސީގެ އެކި ހިދުމަތް ފޯރުކޮށްދެއެވެ. މި މަސައްކަތުގައި އުޅެނީ ހީވާގި ހަތަރު މީހެކެވެ.
ވެންޗަރ ހޯލްޑިންސްގެ ހިދުމަތް ހޯދާ ފަރާތްކަށް އެއް މަސް ދުވަހުގެ ވޮރެންޓީ ވެސް ދެއެވެ. އެ ކުންފުނިން ބުނީ، ހިދުމަތާއިމެދު ކަސްޓަމަރުން ހިތްހަމަ ޖެހޭ ކަމަށާއި، މިހައިތަނަށް ޝަކުވާއެއް ނާންނަ ކަމަށެވެ.
މީގެއިތުރުން ވެންޗަރ ހޯލްޑިންސްއިން ރިސޯޓުތަކަށް ލޭބަރުން ވެސް ސަޕްލައި ކޮށްދެއެވެ.
އެ ކުންފުނިން ލޭބަރ ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
