ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްއެންޕީގެ ރައީީސް މުހައްމަދު ނާޒިމް، އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މި ތިން ބޭފުޅުންގެ މި ބައްދަލުވުން ކުރިއަށް ދާނީ ޖޭޕީގެ މައި ހަރުގެ، މ.ކުނޫޒުގައި، މިއަދު މެންދުރު 1:00 ހާއިރު ކަމަށް އެނގިފައިވެއެވެ.
ބެލެވޭ ގޮތުގައި ތިން ބޭފުޅުން ވެސް ބައްދަލު ކުރައްވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށެވެ.
އިއްޔެ ސަން އައިލެންޑު ރިސޯޓުގައި ގާސިމާއި ނާޒިމް ވެސް ބައްދަލު ކުރެއްވިއެވެ. އަދި މީގެ ކުރިން ޖޭޕީން ވެސް ޑިމޮކްރެޓުންނާ ބައްދަލު ކުރިއެވެ.
