އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުންތަކެއް ހައްޔަރުކުރި ވަގުތު ނޫސްވެރިޔަކު ކޮއްޕައިލި ފުލުސް އޮފިސަރުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ މައިދާނުގައި މިއަދު އަޑުއުފުލަން ތިއްބަވަނިކޮށް ފުލުހުން އެ ބޭފުޅުން ހައްޔަރުކުރަން މަސައްކަތް ކުރި ވަގުތު އެ ތަނުގައި ހުރި ނޫސްވެރިއަކު ދުރަށް ޖައްސަން ވެސް ފުލުހުން މަސައްކަތް ކުރިއެވެ.
އެގޮތުން ޗެނަލް 13 ގެ ކެމެރާމަން ކޮއްޕައިލުމުން އެހެން ސަންގު ޓީވީގެ ނޫސްވެރިޔަކާއެކު އޭނާ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި އެ ފުލުސް އޮފިސަރު އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ހިދުމަތުން ބުންޏެވެ.
ޕީޕީއެމްއިން ބުނި ގޮތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔައީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެކެވެ.
