އަންނަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައީމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު 14:00 އިން 18:00 އަށް ބާއްވަން ހަމަޖެހިފައިވާ ޑިމޮކްރެޓްސްގެ ޕްރައީމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މިއަދު 16:00 އަށެވެ.
ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ.
”އަޅުގަނޑު މި މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސް އުފެދިގެން އައި މަގުސަދު ހާސިލުކުރުމަށްޓަކައި ޕާޓީގެ ހުރިހާ މެމްބަރުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އަޅުގަނޑު އިސްވެ ނުކުތީ.“ ފޯމު ހުށަހެޅުއްވުމަށްފަހު އިލްޔާސް ވިދާޅުވެފައިވެއެވެ.
ކުރިއަށްވަޑައިގަންނަވާނީ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
ޕްރައީމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވާއިރު އެއް ބޭފުޅަކު ކުރިމަތިލެއްވުމުން ދެން ޕްރައިމަރީއެއް ނުބާއްވާނެއެވެ.

އަންނި ފަހަތުން ދުވާ ބައިގެ ކުދިން ވޯޓުލާންވީ ލަބީއްބެގެ އިލިޔާސުއަށް…………