މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، އަންނަ އަންގާރަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ބައްދަލުވުން އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމަށް، ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސް އޮފީހުން އަންނަނީ ދައުވަތު އަންނަނީ ފޮނުވަމުންނެވެ.
މި ބައްދަލުވުމުގައި މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިން ވެސް، ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި އަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް، އެކި ރަށްރަށުގައި ގިނަ ހަރަކާާތްތަކެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
