ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ޕާކު މިއަދު ހުޅުވައިފިއެވެ.
މި ޕާކު ހުޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅުވައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަކާއެކުއެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.
މިއީ ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ތަރައްގީކުރި ޕާކެކެވެ.
ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އާބަންކޯ އިން ހަވާލުކުރީ އާރްޑީސީއާއެވެ.
އެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާރްޑީސީއާ ހަވާލުކުރީ ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ވެސް ހަދާ ގޮތަށެވެ.
ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް މިތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އާބަންކޯ އިން ދަނީ އާންމުންގެ ހިޔާލު ހޯދައި އާންމުން އެންމެ ބޭނުންވާގޮތަށް އެކި ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެއްވެސް ތާކުންތަކު ނުޖެހޭ ގޮތަކަށް ހަދާފައި ހުރިތަނެއް. އެހާބޮޑު ޚަރަދުކޮށްފަ ކުޑަކުދީންނަށް ބޭނުން ހިފޭގޮތަށް ހަދާލިނަމަ ދޯ! ހަމަ އެކަނި އިށީންނަ ބެންޗުތަކެއް ހަދާފައި. ކުޅޭ އެއްޗެއް ނެތް