ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ވިލިނގިލީގައި އުމުރުން 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާގެ އެ އެ މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރަށުން ބޭރު އެ އަންހެން މީހާއަށް، އެކަކަށްވުރެ ގިނަ މީހުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު މީގެ ކުރިން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އެކަމަކު އެމީހުންގެ ސާމްޕަލް ނެގުމަށްފަހު ހަމަ އެދުވަހުގެ ވަގުތެއްގައި ދޫކޮށްލާފައިވާތީ އެރަށު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
