ފުލުހުންގެ ސިއްޙީ ފަރުވާގެ ކަންކަމަށް ހާއްސަ ނޫސަންދަ ކްލިނިކުގެ ގޮތްޕެއް އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުގައި ހުޅުވައިފިއެވެ.
ކްލިނިކް ބުދަ ދުވަހު ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
ނޫސަންދަ ކްލިނިކަކީ ފުލުހުންނަށް އިމަރޖެންސީ ހާލަތުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ލަސްނުކޮށް ފަރުވާ ދިނުމުގެ ގާބިލްކަން ހުރި ތަނެކެވެ.
މީގެ އިތުރުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް، އަދި ބަންދުގައި ތިބޭ މީހުންނަށް ސިއްޙީ މި ކްލިނިކުން ފޯރުކޮށްދޭނެއެވެ.
