ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ސިޔާސީ ޕާޓީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.
އިލްޔާސްގެ ރަނިންމޭޓަކީ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއެވެ. އެ ދެބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގަތީ، އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީގުއެވެ.
ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ ބަޔަކުވެސް ބައިވެރިވެފައިވެއެވެ.
މިއީ ރިޔާސީ ރޭހުގައި ވާދަކުރުމަށް މިއަދު އިލެކްޝަނަށް ހުށަހެޅި ތިން ވަނަ ކެންޑިޑެސީ ފޯމެވެ.
