ރާއްޖެއިން ހިމަ ބިއްސަށް އިތުރު މީހަކު ފޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 5 އޮގަސްޓް 2023 ގައި މީސަލްސްއަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ކަމަށާއި މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް ކަމަށެވެ.

މި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމާއި އޭނާއާއި ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ރާއްޖެއިން ވަނީ މީސަލްސް ޖެހިފައިވާ މީހަކު ފެނިފައެވެ.

ނަމަވެސް މި ކޭސް އާއި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.