ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުންވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ފާރިސް މަޢުމޫން، ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.

ފާރިސް މައުމޫންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.

ކެންޑިޑެސީ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ފާރިސް މަޢުމޫންގެ ރަނިންމޭޓުގެ އިތުރުން ސަޕޯޓަރުން ވަނީ ބައިވެރިވެރިވިއެވެ.

ފާރިސްގެ ކެނޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް ފާރިސް ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓްގައެވެ.

އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.