ރިޔާސީ އިންތިޚާބުގެ ރޭހަށް ނުކުމެވަަޑައިގެންނެވީ ”އެއްބުރުން“ ދިވެހި ރައްޔިތުން އޭނާ ހޮވާނެކަމަށް ގަބޫލުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނަށް އޭނާގެ ކެންޑިޑެންސީ ފޯމު ހުށަހެޅުއްވުމަށްފަހު ގާސިމް ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރައްޔިތުންނަށް ލޯތްބާއެކު އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލައްވަނީ، އޭނާގެ އަމިއްލަ ފައިދާއަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމަށް ދިވެހި ރައްޔިތުން ހޮއްވަވައިފިނަމަ، މިއަދު އަޅުގަނޑުގެ ކުންފުނިތަކުގައި ހުރި އަޅުގަނޑުގެ އަމިއްލަ އެއްޗަކަށްވުރެ އިތުރު އެއްޗެއް ބޭނުމެއް ނޫން،“,

މީގެ އިތުރުން، ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ވަޒީފާ ދޭނީ ކިޔަވައިގެން ތިބި، ފަސްބައި ސާފު ކޮރަޕްޝަން ނެތްކަމަށް ގަބޫލުކުރެވޭ މީހުންނަށް ކަމަަށް ވެސް ގާސިމް ވިދާޅުވިއެވެ.

ެއޭނާ ވަނީ، އެއް ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅުގެ ހުރިހާ ޕާޓީއަކުން މަޝްވަރާކޮށް އެ ކަން ފެއިލްވީ، ކޮންމެ ޕާޓީއަކުން ވެސް ފުރަތަމަ ބުރުގައި ވާދަކުރަން ބޭނުންވާތީ ކަމަށް ވިދާޅުވެފައެވެ.