ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މި ކަންބޮޑުވުން ފާޅުކުރެއްވީ ގޭތެރޭގައި ހުންނަވައި، މި ސަރުކާރާއި ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުން ގެންދަވަނިކޮށް ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހްމަދު މައުރޫފު ރޭ ހައްޔަރުކުރުމުންނެވެ.
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ވިދާޅުވީ ބަސް ބުނުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ، ހާއްސަކޮށް އިންތިހާބުގެ ދުވަސްވަރު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
”ކުޑަހުވަދޫ ކައުންސިލަރު މައުރޫފް ހައްޔަރު ކުރުމަކީ ހުތުރު ކަމެއް. އަދި މައުރޫފް ވަގުތުން ދުކޮށްލަން ގޮވާލަން.“
މައުރޫފު ހައްޔަރު ކުރި މައްސަލަ، ޑިމޮކްރެޓުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.

ކަލޯ ލާދީނީ މީހުން ދައްކާނެ ތިޔަކަހަލަ ވާހަކަ އަންނި ކައިރީ އަހާބަލަ ލާދީނީ ކީމަ އަދަބުދޭ ގޮތަށް ހެދީ ކީއްވެތޯ. އެހެން ވީމަ ވަގަށް ގޮވީމަވެސް އަދަބު ލިބެން ޖެހޭނެ. ކޮޮން ޑިމޮކްރެޓްސް އެއް.
ތިމާމެނަށް ކުޑައިމީސްބަހެއް ބުނީމަ ހަޖަމެއް ނުވޭ އަނެކާއަށް އައުގުރާނަ ގޮވަންވެސް އޯކޭ. މިއޮތީވާ ޑިމޮކްރަސީ އެއް