އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރަށްވާ އުމަރު ނަސީރާއި އަހްމަދު ފާރިސް މައުމޫނާއި ހަސަން ޒަމީލްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފިއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަމިއްލަގޮތުން ކުރިމަތި ލެއްވި އަހްމަދު ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލްގެ ކެންޑިޑެސީ ވެސް އެ ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.
އެގޮތުން އެ ތިންބޭފުޅުންގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރިޔާސީ އިންތިހާބަށް ޝަރުތޔ ހަމަވާ ދެބޭފުޅުންކަމަށް ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ ގަބޫލު ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު ސަލީމް (މާޒް ސަލީމް)އެވެ.
އަދި ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ވަނީ ހަމަޖައްސަވާފައެވެ. ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އޭނާގެ އަނބިކަނބަލުންނެވެ.
