އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެއް މަސް ފަހުން ހައި ކޯޓުގައި ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު މިކަން މިއަދު ހާމަ ކުރައްވައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އެކެއް ނުވަތަ ދެ އަޑުއެހުމެއް ފަހު، ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރި ހުކުމެވެ.
މި މައްސަލައިގައި މިހާތަނަށް ބާއްވާފައިވަނީ 4 އަޑުއެހުމެވެ. އިސްތިއުނާފު އަޑުއެހުންތައް ލަސް ވުމުން، ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ގިޔާމަތެއް ޖަޖުން ގަބޫލު ނުކުރާކަމުގެ ހެކި