ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ހަވާލު ކުރާނީ ދެވަނަ ދައުރުގައި: ރައީީސް ސޯލިހު
08 އޯގަސްޓް 2023

މާލެ ސަރަހައްދުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އިއުލާނު ކޮށްފައިވާކަން ފާހަގަކުރައްވައި ރައީީސް ވަނީ، ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިބި ޝަރުތު ހަމަވާ 13000 މީހުންނަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފްލެޓް ހަވާލުކޮށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
ޕްލޭނިންގ މިނިސްޓްރީ މިއަދު ކުރި އިއުލާނުގައި ވާގޮތުން ފްލެޓް ލިބޭމީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހިނގާ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ.
އަދި ދާއިމީ ލިސްޓު އާންމު ކުރާނީ ހުށައަޅާ ޝަކުވާތަކަށާއި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ފްލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައި ވެއެވެ.