ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ވާދޫ އަދި ފަރެސްމާތޮޑާގައި ގާއިމުކޮށްފައިވާ ފެނަކަ އިމާރާތްތައް ހުޅުވައިދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާގެ އާ މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފައެވެ.
ގދ. ވާދޫ ފެނަކަ އޮފީސް އިމާރާތުގައި ސްޓާފް ރޫމާއި ލޮބީ އަދި ރިސެޕްޝަނާއި ޕޭންޓްރީ، މެނޭޖަރ ރޫމް، އަދި މީޓިންގ ރޫމާއި ގެސްޓްރޫމް ހިމެނޭއިރު މި ތަނަކީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ.
ފަރެސްމާތޮޑާ އާ މަރުކަޒީ އިންޖީނުގެއަކީ ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. މި އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ.
