އިއްޔެ ރޭ ގދ. ގައްދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި އަވަގުރާނަ ގޮވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އެމްޑީއޭގެ ނައިބު ލީޑަރު ޑރ. އައިޝަތު ރަފިއްޔާ މައާފަށް އެވިވަޑައިގެންފިއެވެ.

އޭނާ މައާފަށް އެދިވަޑައިގަތީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ރަފިއްޔާ ވިދާޅުވީ އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އަވަގުރާނަ ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

”އެ އިބާރާތް އަޅުގަނޑު ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި“އޭނާ ވިދާޅުވިއެވެ.

އަހެންނަމަވެސް އެ އިބާރާތް އޭނާއަށް ބޭނުން ކުރެވިފައިވާ ގޮތުގެ ސަބަބުން، އޭނާ އިބާރާތް ބޭނުންކުރި މާނަ އާއި ވިސްނުމާއި، ހިލާފު މާނައެއް އެ އިބާރާތުން ކުރެވޭ ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭތީ، އެ ހުރިހައި އެންމެންގެ ފަރާތުންނާއި އެންމެހައި ދިވެހީންގެ އަރިހުން މަޢާފަށް އެދޭ ކަމަށެވެ.

ގައްދޫ ޖަލްސާގައި ރަފިއްޔާ ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.