ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.
އެއީ ހެނދުނު 6:45 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
