ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތަސް، މި ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މުއިއްޒު މިއަދު ވަނީ ހއ.އަތޮޅަށާއި ހދ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފައެވެ.
އެ އަތޮޅު ހަނިމާދުއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ރަށްރަށުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެން ނެތިން ރަށަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލާކަށް. ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން.“
މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ ކަމަށެވެ.
