ރިޔާސީ އިންތިހާބުގެ ވޯޓަށް 21 ދުވަހަށް ވެފައިވާއިރު، ބ. ކެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެގޮތުން އެ މިސްކިތް އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ ފާސްޓް ލައިން ޕްރައިވެޓް ލިމިޓެޑާ އެވެމި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ފާސްޓް ލައިނާ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 15.4 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހިންގާ މަޝްރޫއެކެވެ.

ކެންދޫގައި އިމާރާތްކުރާ އާ މިސްކިތަކީ ފިރިހެނުންނާއި އަންހެނުން ވެސް ނަމާދުކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ މިސްކިތެކެވެ.