އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އަންނަ ކުރިމަތި ނުލެއްވޭ ހާލަތެއްގައި އެ މަނިކުފާނު ހުންނެވީ ޓިކެޓު ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށްކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް ސޮއި ކުރެއްވުމަށް ފަހުގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއެކު ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވަހީދު ވިދާޅުވީ، 10 އަހަރު ވަންދެން ރައީީސް ޔާމީންގެ އަރިހުގައި ޕީޕީއެމްގައި ހުންނެވުމަށްފަހު އެ ޕާޓީން އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށެވެ.
“ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ނުކުތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި،” ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ޕީޕީއެމުން އިސްތިއުފާ ދެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިސްތިއުފާ ދެއްވައި، ޕީޕީއެމަށް އެ މަނިކުފާނު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޕީޕީއެމުން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ލިބިފައި އޮވެ، އެ ޕާޓީގެ ލީޑާޝިޕުގެ ފަރާތުން އެއްވެސް މަސައްކަތެއް ނުކޮށް އަދި ޕާޓީގެ ސެނެޓަށް ކެންޑިޑޭޓެއް ނެރުމުގެ އިތުރު ފުރުސަތެއް ނުދީ، އެހެން ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓެއް ނެރުމަކީ ޕީޕީއެމަށް ޕާޓީގެ ލީޑާޝިޕުންވި ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.

ވެރިކމާ ހެދިހޭނެތޭވަރުވެފައި
އެހެންވީމަ ވަހީދުބޭނުންވާނީ ޔާމީނުޖަލުގާވުމަންތަ