އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖެ އަންނަން ބޭނުންވުމުން، މިހާރު ހަމައެކަނި ބުނެލަން ޖެހެނީ ”ތިމަންނަމެން އެބަ ދަމޭ“ ކަމަށާއި، ހުއްދައެއް ހޯދަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރަހީމްގެ ރިޔާސީ ކެމްޕެއިނުގައި، ށ.މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ހުސެއިން ވިދާޅުވީ އޭނާ އަކީ މި ސަރުކާރުން، އިންޑިއާ އާއިއެކުގައި ވެފައިވާ އުތުރުތަފަޅު އެއްބަސްވުން ސިއްރު ކުރުމުން، އެ އެއްބަސްވުން ހާމަ ކުރުމަށް މަޖިލީހުގެ 241 ކޮމިޓީގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް މެމްބަރު ކަމަށެވެ.
”މިނިވަން ދިވެހިރާއްޖެއޭ މިއީ، ހިތުހުރި ގޮތެއް ނުހެދޭނެ، ހިތުހުރި ގޮތެއް ނުހެދޭނެ، އަޅުގަނޑުމެންނަކީ، މި ގައުމަށްޓަކައި، މި ގައުމުގެ މިނިވަންކަމަށްޓަކައި އަޅުގަނޑުމެންގެ މޭ ދިއްކޮށްގެން، ޖިހާދުކޮށް ޝަހީދުވި ދިވެހި ދަރިން.“ އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ ދިވެހިން ތިބީ ރާއްޖެއަށް ހަދާނެ ގޮތެއް ހެދުމަށް، ފަސޭހަ ފަސޭހައިން ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ.

ރައްޔިތުންގެ މެދުގަ ފިތުނަ އުފެއްދުމުގަ މީނަ ދެމިހުންނާނީ ޤާސިމަްވެރިކަން ލިބެންދެންބާ.