ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) އައްޑޫ ސިޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކެމްޕޭން ދަތުރުފުޅުގައި ސެމްބެ އައްޑުއަށް ވަޑައިގަތުމުން، އެ ސިޓީގެ އެތައް ބަޔަކު ނިކުމެ ވަނީ އެމަނިކުފާނަށް މަރުޙަބާ ކިޔައިފައެވެ.

ސެމްބެ އައްޑުއަށް ވަޑައިގެންނެވިއިރު، މުއިއްޒު ރޭ ވަނީ ކ. ގުރައިދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މުއިއްޒު އާއި ސެމްބެގެ ރިޔާސީ ކެމްޕެއިން ވަރަށް ފޯރިއާއިއެކު ކުރިއަށްދާއިރު، މިރޭ އެ ދެބޭފުޅުންގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާނު ކުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެބައޮތެވެ.