ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށާއި ޖަމިއްޔާތަކުން އެކަން ކުރާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ރޭ ސަލަފު ޖަމިއްޔާއަށް ބަހުގެ ހަމަލާ ދެއްވައިފިއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ރާއްޖެ ހިންގުމަށް މިވަގުތު ކަނޑައެޅިފައިވާ ނިޒާމުގައި ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ. އަދި ޖަމްއިއްޔާތަކުން ކުރަންވާނީ ޖަމްއިއްޔާތަކުން ކުރުމަށް ކަނޑައެޅިފައިވާ ކަންކަން ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ޓުވީޓުގައި ވަކި ޖަމްއިއްޔާއެއްގެ ނަން ފާހަގަކުރައްވައިފައެއް ނުވިޔަސް ބޮޑަށް ބެލެވޭ ގޮތުން މިއީ ޖަމްއިއްޔަތުއްސަލަފަށް އަމާޒުކުރައްވައި ދެއްވި ބަހުގެ ހަމަލާއެކެވެ.

އަދާލަތަށްތަ އޮތީހިރިހާކަމެއް ެސް ކުރުމުގެހައްގު