ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

މުއިއްޒު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން ވަރަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ.

މިރޭ ހިތަދޫގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް އޮންނާނެއެވެ.

މާދަމާ މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މަރަދޫ ފޭދޫއަށެވެ. ދެން އެއަށްފަހު މަރަދޫ އަށް ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ހިތަދޫ، ހުޅުދޫ އަދި މީދޫއަށް ޑރ މުއިއްޒު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުއިއްޒު މީގެކުރިން ވަނީ ހއ، ހދ، ވ، މ، ފ، ދ އަތޮޅުގެ އަދި ކ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. ރޭ ވަނީ މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ ވެސް ލޯންޗު ކޮށްފައެވެ. 19 ‏ބާބުގެ މައްޗަށް ހިމެނޭ އެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމެގެ ސިޔާސަތަށެވެ.