ފާޑު ކިޔުން އަމާޒިވުމުން، މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ޓީޗަރުންނަށް ކިޔަވައިދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފިއެވެ.
އާ އުސޫލުގައިވާ ގޮތުން މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި މި ބަދަލު ގެނެސްފައިވަނީ އަދާލަތުން ހުށަހެޅި ގޮތަށް ކަމަށެވެ.
އަދި ކުރީ ސަރުކާރުން މުތުލަގަށް މަނާކޮށްފަ އޮތްވާ އަދާލަތުގެ މަސައްކަތުން މި ސަރުކާރުގައި މި ފުރުސަތު ހުޅުއްވާލައްވާ އަދި އެކަމާމެދު އެރި އޮޅުންވެސް ފިލާވެފައިވާ ކަމަށެވެ.
”ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކުރުމަށް ރައީސް އިބޫއާއެކު ފަހި ފުރުސަތެއް އެބައޮތް،“ އިމްރާން ވިދާޅުވިއެވެ.
