ބިންވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރުން ދީފައިވާ ގޯތި ތަކަކީ އަދި ފަޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ ކަނޑު ވިއްކައިލި ސަރުކާރު ކަމަށާއި، މި ”ޣައްދާރު“ ސަރުކާރަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

”ކިތަންމެ ވަރަކަށް ވަށްވަށް ޖެއްސިޔަސް، ކިތަންނެ ވަރަކަށް ހަޅޭލެވިޔަސް، މި ސަރުކާރު އަނބުރާ ނާންނާނެ.“ އޭނާ ވިދާޅުވިއެވެ.

،ޮންޑޭ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް ވެސް ބާއްވަން ޖެހެނީ ޗާގޯސް މައްސަލައިގައި ކަމަށާއި، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދެއް ވިއްކައިލުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.