އައްޑޫ ފޭދޫ ލިންކް ރޯޑްގައި ހުންނަ ޕީޕީއެމްގެ މައި ޖަހަގައާ ދިމާލުގައި ހުރި ބެނާތަކެއް ފުލުހުން މިއަދު ނަގައިފިއެވެ.
ރިޔާސީ ކެމްޕެއިނުގެ ފޯރި ގަދަވެފައިވާއިރު، ފުލުހުން ގެންދަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުންނެވެ.
އެގޮތުން ފުލުހުންގެ ބަޔަކު ގޮސް ހަރުގަނޑެއް ބަހައްޓައިގެން އަރައި ބެނާތައް ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ޕީޕީއެމްގެ ފޭދޫ ފޭސްބުކް ޕޭޖުގައި ހިއްސާކޮށް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިނަށް އެކި ރަށްރަށަށް ވަޑައިގަތުމުން، އެ ރަށްރަށުން ދަނީ އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
