މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފް އިން ބުނީ، މާފަންނު ކަނީރުމާގޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތެރިވާން ފަށާފައިވާ ކަަމަށެވެ.
މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވިފައިވެއެވެ.
