އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އ ވާދަކުރެއްވި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޕީޕީއެމް-ޕީއެންސީ ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ޝަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކުވެރި މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމުގެ ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. މުއިއްޒު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ، މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

އަނާރާ ކުރައްވާފައިވާ ޓްވީޓެއްގައި މުއިއްޒު އާއި ގުޅޭގޮތުން ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށެވެ.

އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.

ޑރ.ޝަހީމާއި އަނާރާ މުއިއްޒުއަށް ތާއީދު ކުރެއްވިއިރު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރައްވަމުންނެވެ.