އަންނަ ރިޔާސީ އިންތިހާބަށް އެމްޑިޕީގެ ކެންޑިޑޭޓް ރައީސަ އިބްރާހިމް މުހައްމަދު ސޯލިހް، ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމެކްރެޓްސް އާ ގުޅިވަޑައިގަތުމަށް ފަހު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ
ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް ގެންދަވަނީ ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށާއި، އެކަމުން ވާނެ މޮޅެއް ނޯންނަވާނެ ކަމަށެވެ.
އަދި ވިއްޔާ ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ ނަޝީދު އިންޒާރު ކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކަށް ނަޝީދު ދިއުަށްފަހު އެނބުރިގޮސް ޕާޓީގާ ތިބި މަޖިލިސް މެމްބަރުން އެމްޑީޕީއަށް ބަދަލު ކުރަންފަށައިފި