ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭވަރު ކަމެއް ނޫން ކަމަށް ކުރީގެ ރައީީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އދ.ދިގުރަށުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން މިއަދު ބޭއްވި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީީސް ވަހީދު ވިދާޅުވީ އެމަނިކުފާނުވެސް ދެ އަހަރެއްހައި ދުވަހު ރާއްޖޭގައި ވެރިކަން ކުރައްވައިފައިވާ ކަމަށާއި، އެއީ އުނދަގޫ ކަމެއް ކަމަށެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމަކީ އެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރައްވައިފައިވާ، ގާބިލު، އަދި ވެރިކަން ކުރެއްވޭނެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަހީދަށް ވެރިކަން ލިބިވަޑައިގަތީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެހެންވެ މަވެސް އިބޫ. ކޮންމެ ކޮންމެ މީހަކަ ނުވާނެ މިކަމެއް.